ޚަބަރު

ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ތިލަފުށީގައި ހުންނަ ވޭސްޓް މެނޭޖްމެން ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Ads by Allied

ޤައުމީ ދިފާއީ ބާރުން ބުނީ، މި ހާދިސާގެ މަޢުލޫމާތު ރޭ 03:43 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު ހެނދުނު 08:19 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

ފާއިތުވި ދުވަސްތަކަކީ އަލިފާނުގެ ހިތާމަވެރި ޙާދިސާތަކެއް ހިނގައި، ވަރަށް ބޮޑެތި ގެއްލުންތަކެއް އަގުބޮޑެތު މުދަލަށް ލިބި، ބައެއް މީހުންނަށް ވެސް އިނިޔާ ލިބިގެން ގޮސްފައިވާ ހާދިސާތަކެކެވެ. އެގޮތުން ފާހަގަކޮށްލެވެނީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ބޯޓެއްގައި ހިނގައިދިޔަ ހާދިސާއެވެ.

Ads by Allied Insurance