ޚަބަރު

މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން ފަރުހަތު އިސްތިއުފާ ދެއްވައިފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
މިފްކޯގެ ސީއީއޯއަކަށް ހަމަޖެއްސި ފަރުހަތު ޝަހީރު/ ފޮޓޯ: އައިޖީއެމްއެޗް

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން، ފަރުހަތު ޝަހީރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

Ads by Allied

ފަރުހަތު އިސްތިއުފާ ދެއްވިކަން ކަށަވަރުވި ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވިއިރު، މިދިޔަ ހޯމަ ދުވަހު ވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅުވައި ތެޔޮ މަސްދަޅުގެ އަގު ބޮޑު ކުރުމަށްފަހު ހަމަ އެދުވަހު ކުރީގެ އަގަށް ބަދަލުކޮށްފައެވެ. އެކަން ކުރީ ސަރުކާރަށް ނާންގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ފަރުހަތަކީ މިސަރުކާރުން މިފްކޯއަށް އައްޔަނު ކުރި ތިންވަނަ ސީއީއޯއެވެ. އޭނާގެ ކުރިން އެމަގާމުގައި ހުންނެވީ އެކުންފުންޏަށް އައްޔަނު ކުރި ފުރަތަމަ ބޭރުގެ ސީއީއޯ، ސްވިޒަލޭންޑްގެ ޑރ. ވިޓަލީ ލިޔުބޮމިޓް ކިޔާ މީހެކެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ފަރުހަތު މިފްކޯގެ ސީއީއޯ ކަމަށް އައްޔަނު ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

Ads by Allied Insurance