ޚަބަރު

ދިފާއީ ވަޒީރުކަމުގެ މަގާމުން ޣައްސާން މައުމޫން އިސްތިއުފާދެއްވައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ވުޒާރާގެ ވަޒީރުކަމުގެ މަގާމުގައި ހުންނެވި ޣައްސާން މައުމޫން، މިއަދުގެ ވަގުތެއްގައި ކުއްލި ގޮތަކަށް އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

Ads by Allied

ސަރުކާރުގެ އެންމެ އިސް ސަފަށް މިއަދު ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ދިފާއީ ވަޒީރުކަމުން ޣައްސާން އަމިއްލަފުޅަށް އިސްތިއުފާދެއްވި ސީދާ ސަބަބެއް އަދި މިހާތަނަށް ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ. ޣައްސާން މަގާމުން ދުރުވެވަޑައިގެންފައި މިވަނީ، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި ޚަލީލް ވެސް މިއަދުގެ ވަގުތެއްގައި އެ މަގާމުން ވަކިކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. މި ކަންކަމާ ގުޅޭ އިތުރު ތަފުސީލުތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަދި އާންމުކޮށްފައެއް ނުވެއެވެ.

Ads by Allied Insurance