ޚަބަރު

ރުކަކުން ވެއްޓުނު މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބި، ވެންޓިލޭޓަރުގައި ފަރުވާދެނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ހދ. ކުޅުދުއްފުށީގައި ރުކަކުން ވެއްޓުނު މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބި، ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

Ads by Allied

"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ރުއްތަކެއް ސާފުކުރުމުގެ މަސައްކަތުގައި އުޅުނު މީހަކަށެވެ. އެއީ ހދ. ނޭކުރެންދޫއަށް ނިސްބަތްވާ އުމުރުން 38އަހަރުގެ ފިރިހެނެކެވެ. އޭނާ ވެއްޓިފައި ވަނީ ވަރަށް ދިގު ރުކަކުން ކަމަށް މައުލޫމާތު ލިބެއެވެ. ލިބުނު ސީރިއަސް އަނިޔާތަކަކާ ގުޅިގެން އޭނާއަށް ވަނީ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފައެވެ.

މިވަގުތު އެ މީހާއަށް ފަރުވާދެމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ. އޭނާގެ ހާލު ސީރިއަސް ވުމުގެ ސަބަބުން ވެންޓިލޭޓަރުގެ އެހީތެރިކަމާ އެކު އޭނާއަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.

Ads by Allied Insurance