ޚަބަރު

މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފެއްދި މިނިސްޓަރުންގެ ހާއްސަ ކޮމިޓީއަށް ބަދަލުގެނެސްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފެއްދި މިނިސްޓަރުންގެ ހާއްސަ ކޮމިޓީއަށް ބަދަލުގެނެސްފިއެވެ.

Ads by Allied

މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އެމެރިކާއާއި އިސްރާއިލް އިސްވެ އޮވެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމުގެ ގޮތުން ހަމަ އެ ދުވަހު ވަޒީރުންގެ ހާއްސަ ކޮމިޓީއެއް ރައީސް ޑރ، މުހައްމަދު މުއިއްޒު އެކުލަވާ ލެއްވިއެވެ.

ނަމަވެސް މިދިޔަ އަންގާރަ ދުވަހު ވަޒީރުންގެ މަޖިލީހަސް ގެނައި ބަދަލާ ގުޅިގެން މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފެއްދި މިނިސްޓަރުންގެ ހާއްސަ ކޮމިޓީއަށް ވެސް މިހާރު ބަދަލު ގެނެސްފައިވާ ކަމަށް ރައީސް އޮފީހުން މިރޭ ބުންޏެވެ.

އެ ބަދަލާއެކު ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

  • ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
  • ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
  • ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން

Ads by Allied Insurance