ޚަބަރު

ސީވީއެފްގެ ދައުރު ނިންމާލައްވައި ރައީސް ނަޝީދު އެނބުރި ރާއްޖެއަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރު އަދާކުރައްވަމުން ގެންދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރު ހަމަވުމުން އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

Ads by Allied

ސީވީއެފްގެ އެސްޖީގެ މަގާމާ ހަވާލުވެ ރައީސް ނަޝީދު އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވީ 2024ވަނަ އަހަރުއެވެ.

ސީވީއެފްއަކީ 2009ވަނަ އަހަރު، ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ރާއްޖެއާ އެހެން 11ގައުމަކުން އުފެއްދި ފޯރަމްއެކެވެ.

ސީވީއެފްއިން ވަނީ ރައީސް ނަޝީދު އެސްޖީގެ މަގާމުގައި ހުންނެވި ކުރެއްވި ހިދުމަތްތައް ފާހަގަކުރައްވައިފައެވެ. އެގޮތުން ސީވީއެފްއަކީ މިނިވަން ފޯރަމްއެއްގެ ގޮތުގައި ހެދުމަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތް ފާހަގަކުރިއެވެ.

ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންނެވި އިރު ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު އެމްޑީޕީ ތެރޭގައި އޮތް ހިޔާލު ތަފާތުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބި އެމްޑީޕީގެ ލީޑާޝިޕް އެކުގައި މަސައްކަތްކުރެވޭނެ ގޮތެއް ހޯދިއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance