ޚަބަރު

އެމްޑީޕީން މުޒާހަރާ ކުރަނީ ޕާޓީއަށްޓަކައި ގުރުބާންވީމޭ ބުނެ، މީހުންނަށް ދައްކާނެ ފޮޓޯ ހޯދަން: ޝުޖާއު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު / ފޮޓޯ: ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މުޒާހަރާ ކުރަނީ ޕާޓީއަށްޓަކައި ގުރުބާންވީމޭ ބުނެ، އެހެން މީހުންނަށް ދައްކާނެ ފޮޓޯ ހޯދަން ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Allied

މީސްމީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީން މާލޭގެ މަގުތައް ހަލަބޮލިކޮށް ރައްޔިތުންނަށް ދަތިވާ ގޮތަށް ކޮންމެ ރެއަކު މުޒާހަރާ ކުރަނީ ސަރުކާރުން ވަކި ކަމެއް ގޯސްކޮށްކުރާތީ ނޫން ކަމަށެވެ. އެ ޕާޓީގެ ލީޑަރުން ތިއްބެވީ ހެޔޮ ހާލުގައި އެ ބޭފުޅުންގެ ގޭގައި ކަމަށް މެންބަރު ޝުޖާއު ވިދާޅުވިއެވެ.

"ނުހައްގުން ޖަލުގައި އޮތް އެކަކު ވެސް ނެތް. ސިޔާސީ އަނިޔާ ލިބެމުންދާ މީހަކު ވެސް ނެތް. މި މުޒާހަރާތަކަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ވާދަކުރައްވާ އެ ޕާޓީގެ މެމްބަރުން ބޭނުންވާ ފޮޓޯ ހޯދަން ކުރާ ކަމެއް." ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރު ތެރެއިން ރަނގަޅު ކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަންކަން ރަނގަޅު ކުރައްވައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޯށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ގެންދަނީ މަސައްކަތްޕުޅު ކުރައްވަމުން ކަމަށެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް އަސާސެއްނެތި މިގޮތައް ކުރެވޭ އުނދަގޫތަކަކީ ޒިންމާދާރުކަން ކުޑަކަމެއްކަން މެންބަރު ފާހަގަ ކުރެއްވިއެވެ.

Ads by Allied Insurance