ޚަބަރު

ކުޅުދުއްފުށީގައި ރުކަކުން ވެއްޓި ހާލު ދެރަވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)

ހދ. ކުޅުދުއްފުށީ ސިޓީގައި ރުކަކުން ވެއްޓި ހާލު ދެރަވި އުމުރުން 38 އަހަރުގެ ފިރިހެން މީހާ، އިތުރު ފަރުވާ ދިނުމަށްޓަކައި ރޭގެ ވަގުތެއްގައި މާލެ ގެނެސް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާދޭން ފަށައިފިއެވެ.

Ads by Allied

ކުޅުދުއްފުށީ ސިޓީ ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި އޭނާއަށް ފަރުވާދެމުން އައުމަށްފަހު މާލެ ގެނެސްފައިވާއިރު، އޭނާގެ ހާލަތު އަދިވެސް ވަރަށް ސީރިއަސް މައުލޫމާތު ލިބެއެވެ. ވެއްޓުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ފަރުވާދެމުންދިޔަ ނަމަވެސް، ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަޚަމެއްގެ ނިޝާނެއް ފެންނަން ނެތްކަން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!