ޚަބަރު

ފަތުހީ ޕީސީބީއިން އިސްތިއުފާ ދެއްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މޫސާ ފަތުހީ--

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ބޮޑު މެމްބަރުކަމުގެ މަގާމުން މޫސާ ފަތުޙީ އާދަމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

Ads by Allied

ޕީސީބީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަތުހީގެ އިސްތިއުފާ ގަބޫލުކޮށް މިއަދުން ފެށިގެން އޭނާ އެ އިދާރާގެ ބޯޑް މެމްބަރުކަމުން ވަކިކޮށްފައިވާ ކަމަށެވެ.

ފަތުހީ އިސްތިއުފާ ދެއްވިއިރު އޭނާ މިއަދު ވަނީ ވެރިކަން ކުރާ ޕީއެންސީގެ ސެކެޓްރީގެ ޖެނެރަލްގެ މަގާމަށް ވެސް އައްޔަނުކޮށްފައެވެ.

ދެހާސް ބާވީސް  ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ޕީޕީއެމް ޓިކެޓުގައި ވާދަކޮށް ނާކާމިޔާބުވެޑައިގެންނެވި ފަތުހީ ވަނީ މި ވެރިިކަމުގައި ލޯކަލް ގަވަނަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުުރުއްވައިފައެވެ.

Ads by Allied Insurance