ޚަބަރު

ބާރުގަދަ ދެ ކޮމިޓީއަކުން މަޖިލީހުގެ ނާއިބު ރައީސް ނާޒިމް ވަކިކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ވަކިކޮށްފިއެވެ.

Ads by Allied

ނާޒިމް ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަދި މަޖިލީހުގެ ސަލާމަތީ ކަންކަމާ ގުޅޭ 241 ކޮމިޓީއިން އެވެ.

ނަމަވެސް އަދި ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލާ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ)ގައި ނާޒިމް ހިމެނިވަޑައިގަންނަވަ އެވެ. މިއީ ވެސް ވަރަށް ބާރުގަދަ ކޮމިޓީއެކެވެ.

އޭގެ އިތުރުން މަޖިލީހުގެ އެންވަޔަރުމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގައި ވެސް ނާޒިމް ތަމްސީލުކުރައްވަ އެވެ.

އެނގިފައިވާ ގޮތުން ނާޒިމް ދެ ކޮމިޓީއަކުން ވަކިކުރީ ނާޒިމްއަށް އެ ކޮމިޓީތަކަށް އެކަށީގެންވާ ވަގުތު ނުދެވޭތީއާއެކު އެހެންކަމުގައި މާބޮޑަށް އުޅެން ޖެހޭތީ އެވެ.

ވެރިކަން ކުރާ ޕީއެންސީގެ ވެސް މެމްބަރު ނާޒިމް މަޖިލީހުގައި ވަނީ ދައުލަތުގެ އެކި ތަންތަނުން ގަވައިދާ ހިލާފަށް ހިނގަމުންދާ ކިތަންމެ ކަމެއް މަޖިލީހުގައި ހާމަކުރައްވައިފަ އެވެ.

Ads by Allied Insurance