މުލީގެ މިސްކިތެއްގައި ހުކުރު ހުތުބާ ކިޔަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް
މ. މުލީގެ މިސްކިތެއްގައި މިއަދު ހުކުރު ހުތުބާ ކިޔަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
"ދެން"އަށް އެނގިފައިވާ ގޮތުން ރޯވީ މުލީގެ ހުކުރު މިސްކިތުގައެވެ.
އެގޮތުން އެ މިސްކިތުގެ ކަރަންޓު ބޯޑެއްގައި ރޯވި އަލިފާންގަނޑު ނިއްވަން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފައެވެ.
ވީޑިއޯއިން ފެންނަ ގޮތުން މިސްކިތުގައި ތިބި މީހުން ވަނީ ކާމިޔާބުކަމާއެކު ވަރަށް ފަސޭހައިން އަލިފާންގަނޑު ނިއްވާލައިފަ އެވެ. އަދި މިސްކިތަށް ބޮޑު ގެއްލުމެއް ނުލިބެއެވެ.
"ދެން"އަށް އެނގިފައިވާ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
އެ ހާދިސާ ހިނގަން މެދުވެރިވީ ކީއްވެގެންކަމެއް ސާފެއް ނުވެއެވެ.
Ads by Allied Insurance