ޚަބަރު

ރައީސް މުއިއްޒުގެ ލަންކާ ދަތުރުފުޅު އަންނަ މަހު ތިނެއްގައި، ގިނަ އެމްއޯޔޫތަކެއްގައި ސޮއިކުރައްވާނެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ލަންކާގެ ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅު ކުރައްވާނީ އަންނަ މަހުގެ ތިންވަނަ ދުވަހު ކަމަށް ލަންކާގެ ނޫސްތަކުން ބުނެފިއެވެ.

Ads by Allied

ރައީސް މުއިއްޒު ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާކަން ކުރިން ވެސް ލަންކާގެ ނޫސްތަކުން އޮތީ ހާމަކޮށްފަ އެެވެ. ނަމަވެސް ސީދާ ދުވަހެއް ކުރިން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް މިއަދު ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ރައީސްގެ ދަތުރުފުޅު ހަމަޖެހިފައި އޮތީ އަންނަ މަހުގެ ތިނަކުން ފަހަކަށެވެ.

އެ ދަތުރުފުޅުގައި ހަ އެމްއޯޔޫއެއްގައި ސޮއިކުރައްވާނެ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

އޭގެ ތެރޭގައި ލަންކާގެ ޑިފެންސް މިނިސްޓްރީއާއި، ހެލްތު މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީ ހިމެނެއެވެ.

އޭގެ އިތުރުން ދެ ގައުމު ގުޅިގެން ޓޫރިޒަމް ޕްރޮމޯޓްކުރުމާއި އަދި ދެ ގައުމުގެ ނެޝެނަލް އާކައިވް ވަރުގަދަކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ވެސް ސޮއިކުރާނެ ކަމަށް ބުނެފައިވެއެވެ.

ރައީސްގެ ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

މިއީ ލަންކާއަށް ރައީސް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ނަމަވެސް ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކު ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް ވަޑައިގެންނެވިއެވެ.

Ads by Allied Insurance