ޚަބަރު

އަދަދު ނޫހުގެ ސީއީއޯ ފިޔާޒް އަދި އެޑިޓަރު ހަސަން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އަދަދު ނޫހުގެ ސީއީއޯ ފިޔާޒު--

"އަދަދު"ނޫސްއިން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭ ގޮތުން ގެނެސްދިން ޑޮކިއުމަންޓްރީގެ މައްސަލައިގައި އެ ނޫހުުގެ އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

Ads by Allied

ރައީސް މުއިއްޒުގެ އަބުރުފުޅަށް ހުތުރުވާގޮތަށް، ހަގީގަތާ ހިލާފު ދޮގު މަޢުލޫމާތު އެކުލެވޭ ވީޑިއޯ ރިޕޯޓެއް އާންމުކުރި މައްސަލައިގައި، އެކަން ކުރި ބަޔަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅުއްވައި ދަޢުވާކުރައްވާނެކަން އެމަނިކުފާނު ހާމަކުރެއްވީ އިއްޔެ އެމަނިކުފާނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އޭގެ ފަހުން އިއްޔެ ފުލުހުން ވަނީ އަދަދުގެ އޮފީހަށް ވެސް ބަލައިވެސް ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެެވެ.

"ދެން"އަށް އެނގިފައިވާ ގޮތުން މާދަމާ ހެނދުނު ނުވައެއް ޖަހާއިރު ފިޔާޒު އަދި ހަސަން ފުލުހުންގެ އިދާރާއަށް ހާޒިރުވާން މިހާރު ވަނީ ޗިޓުވެސް ފޮނުފައެވެ.

އެ މައްސަލައިގައި ފިޔާޒުގެ ޕާސްޕޯޓުވެސް މިހާރު ވަނީ ހިފަހައްޓައިފައެވެ.

ޑޮކިއުމަންޓްރީ އުފެއްދުމުގައި ހިމަނާފައިވަނީ ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށާއި އަދި އެކަން ކުރި ބަޔަކު ހޯދައި، ކަމާބެހޭ މުއައްސަސާތައް މެދުވެރިކޮށް އިންސާފުގެ ކުރިމައްޗަށް ގެންނަވާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވައިފައެވެ.

ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކެމްޕޭން ކުރެއްވި ދުވަސްވަރު ވެސް އެމަނިކުފާނާ ގުޅޭ ޑޮކިއުމަންޓްރީއެއް އަދަދު ނޫހުން ގެނެސްދިން މައްސަލަ ހޫނުވިއެވެ.

Ads by Allied Insurance