ޚަބަރު

ފޯކައިދޫ ޕޮލިސް ސްޓޭޝަންގެ އިސްވެރިޔާގެ ސައިކަލުގައި ރޯކޮށްލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފޯކައިދޫ ޕޮލިސް ސްޓޭޝަންގެ އިސްވެރިޔާގެ ސައިކަލުގައި ރޯކޮށްލައިފައި--

ފޯކައިދޫ ޕޮލިސް ސްޓޭޝަންގެ އިސްވެރިޔާގެ ސައިކަލުގައި ރޯކޮށްލައިފިއެވެ.

Ads by Allied

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ސައިކަލުގައި ރޯކޮށްލީ ރޭ ކަމަށެވެ.

އިސްވެރިޔާ ދިރިއުޅޭ ގެ ކައިރީ ބަހައްޓާފައި ހުރި އެ ސައިކަލުގައި ރޯކޮށްލުމުގެ ސަބަބުން އެ ގޭގެ ގޭޓަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ އިރު ސައިކަލުވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

އެ ސައިކަލުގައި ރޯކޮށްލީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ. އަދި އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމަށް ވެސް ފުލުހުން ނުބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.

ރުޅިވެރިކަމާއި ބަދަލު ހިފުންފަދަ ކަންކަމުގައި މީގެ ކުރިން ވެސް ސައިކަލުގައި ހުޅު ޖެހުން ފަދަ ކަންކަން ކޮށްފައިވެއެވެ.

Ads by Allied Insurance