Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވަޒީރު އިޙްސާނަށް އެމްޑީޕީގެ 8 މެމްބަރެއްގެ ވޯޓު: ސަރުކާރުގެ ސިޔާސަތުތަކަށް އޮތް ތާއީދެއް ކަމަށް ޝުޖާއު ވިދާޅުވެއްޖެ

ވަޒީރު އިޙްސާނަށް އެމްޑީޕީގެ 8 މެމްބަރެއްގެ ވޯޓު: ސަރުކާރުގެ ސިޔާސަތުތަކަށް އޮތް ތާއީދެއް ކަމަށް ޝުޖާއު ވިދާޅުވެއްޖެ

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނަށް ރުހުން ދިނުމަށް އިދިކޮޅު އެމްޑީޕީގެ އަށް މެމްބަރަކު މަޖިލީހުގައި ވޯޓު ދެއްވުމަކީ، ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށާއި ފުލުހުންގެ މުއައްސަސާ އިސްލާޙުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެ ޕާޓީން ތާއީދުކުރާކަން ހާމަވާކަމެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝުޖާއު "އެކްސް" ގައި ޙިއްޞާކުރެއްވި ޚިޔާލެއްގައި ފާހަގަކުރެއްވި ގޮތުގައި، ދާޚިލީ ވަޒީރަށް އެމްޑީޕީގެ ފަރާތުން ލިބުނު މި ތާއީދަކީ ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު އެ މުއައްސަސާއަށް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު ފަށްޓަވާފައިވާ މަސައްކަތްޕުޅުތައް ބަލައިގަތުމެވެ. ހަމައެއާ އެކު، މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކަށް ނިމުމެއް ގެނައުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ލިބުނު ފެހި ސިގްނަލެއްކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ.

https://twitter.com/IbrahimShujaau/status/2049741925818012085

Advertisement
Ooredoo — Square (box)

މެންޑޭޓުތަކަށް ގެނައި ބަދަލާ އެކު އަލުން ހުވައިކުރެއްވި 14 ވަޒީރުންނަށް ރުހުން ހޯދުމަށް އިއްޔެ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވަޒީރު އިޙްސާނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ޖުމްލަ 70 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. މީގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ އަށް މެމްބަރަކު ހިމެނިވަޑައިގަންނަވައެވެ. އެ މެމްބަރުންނަކީ ހުޅުމާލެ ދެކުނު ދާއިރާގެ އަޙްމަދު ޝަމްހީދާއި، ގަލޮޅު އުތުރު ދާއިރާގެ މުޙައްމަދު އިބްރާހީމް (ކުޑޫ) އާއި، ހަނިމާދޫ ދާއިރާގެ ޢަބްދުލްޣަފޫރު މޫސާއާއި، ކެންދޫ ދާއިރާގެ މަޢުރޫފް ޛާކިރުގެ އިތުރުން ތޮއްޑޫ ދާއިރާގެ ޙުސައިން ސަމީރާއި، ކެޔޮދޫ ދާއިރާގެ މުޙައްމަދު ނިއުޝާދާއި، މާވަށު ދާއިރާގެ އަޙްމަދު ޝާކިރު އަދި މަރަދޫ ދާއިރާގެ އަޙްމަދު ދީދީއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް