ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަކުރި މީހަކު ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މ. އޮމެގާ މޫސާ މުހައްމަދު (38އ.)އެވެ.
ނަމަވެސް ސްކޭމްގެ އެ މައްސަލައިގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނާގެ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވެއެވެ. އެގޮތުން ފުލުހުންގެ ބޭންކަށް ފޮނުވި މެއިލް އާއި އޭގެ ރިޕްލައި ހިމެނޭ ލިޔެކިއުން ހުށަހަޅާފައިވާކަމަށް ބުނެފައިވެއެވެ.
އެ މައްސަލައިގައި އޭނާ 15ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ސޯޅަ އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ގެސްޓު ހައުސްއަކަށް ގޮސް އެ ކުއްޖާއާ ޖިންސީ އަމަލު ހިންގިކަމުގައި 10އަހަރަށް މޫސާ ޖަލަށް ލާން ހުކުމްކުރީ 2014ވަނަ އަހަރުއެވެ.