ޚަބަރު

ޕެންޝަން އޮފީހަށް ސީއީއޯއެއް ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕެންޝަން އޮފީސް ހިންގާ އިމާރާތް--

ޕެންޝަން އޮފީހަށް ސީއީއޯއެއް ހޯދަން އިއުލާންކޮށްފިއެވެ.

Ads by Allied

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ސުޖާތާ ހަލީމް މިދިޔަ ފެބްރުއަރީ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ. އެއާއެކު މިހާތަނަށް ވެސް އެ މަގާމަށް ބޭފުޅަކު އޮތީ އައްޔަނުނުކޮށެވެ.

ޕެންޝަން އޮފީހުން މިއަދު ކުރި އިއުލާންގައި ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

އެެ މަގާމަށް އައްޔަނުކުރާނީ ފަސް އަހަރަށް ކަމަށް ވެސް އިއުލާންގައި ބުނެފައިވެއެވެ.

އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ފެންވަރަށް ތައުލީމު ހާޞިލުކޮށްފައިވުމާ އެކު، ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން އަށް އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

ނުވަތަ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ބެޗެލާސް ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުމާ އެކު، ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ޝަރުތުގެ ގޮތުގައި ބުނެފައިވެއެވެ.

އެ މަގާމަށް ޝޯޓްލިސްޓް ކުރުމުގައި، ޕެންޝަން، ސޯޝަލް ސެކިއުރިޓީ، ފައިނޭންސް، އިންވެސްޓްމަންޓް، ޕަބްލިކް ޕޮލިސީ، ގަވަރނަންސް ފަދަ ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި، އެފަދަ ދާއިރާއެއްގައި ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެެ ކަމަށް ވެސް އިއުލާންގައި ބުނެފައިވެެއެެވެ.

Ads by Allied Insurance