ޚަބަރު

މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތުގެ އޮޑިޝަންތައް 17 ރަށަކާއި 5 ސިޓީއެއްގައި ބާއްވަން ނިންމައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ބޮޑެތި ބަދަލުތަކަކާ އެކު މިއަހަރު ބާއްވާ ޤައުމީ ޤުރުއާން މުބާރާތުގައި ވާދަކުރާނެ ބައިވެރިން ހޮވުމަށްޓަކައި ބާއްވާ އޮޑިޝަންތައް ރާއްޖޭގެ ފަސް ސިޓީއަކާއި އިތުރު ސަތާރަ ރަށެއްގައި އަންނަ ޖޫން މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ނިންމައިފިއެވެ.

Ads by Allied

އެ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި އޮޑިޝަންތައް އޮންނާނީ ކޮންމެ އަތޮޅަކުން ކަނޑައެޅޭ ވަކި ރަށެއްގެ އިތުރުން ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައެވެ. މިގޮތަށް މިކަން ހަމަޖެއްސުމުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވީހާވެސް ގިނަ ފަރާތްތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި އޮޑިޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު އާންމުކޮށް ހުޅުވާލާފައިވާއިރު، ބައިވެރިން ހޮވުމުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 1ވަނަ ދުވަހުން ފެށިގެން އެ މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށެވެ. މީގެ އިތުރުން، އޮޑިޝަނުން ހޮވޭ ފަރާތްތަކާއެކު މުބާރާތް ރަސްމީކޮށް ފެށުމަށް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ. އަދި މުބާރާތުގެ އެންމެ ފަހު މަރުޙަލާތައް ކަމަށްވާ ސެމީ ފައިނަލާއި ފައިނަލްގެ ކިޔެވުންތައް ސެޕްޓެމްބަރު 11 އިން 19 އަށް ވެރިރަށް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Allied Insurance