ޚަބަރު

ސްކޭމްކޮށް 50،000 ރުފިޔާ ދަމައިގަތީ ފޭސްބުކުން ގުޅުން އުފައްދައި ލިންކެއް ފޮނުވައިގެން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މ. އޮމެގާ / މާލެ، މޫސާ މުހައްމަދު (38އ)

ފޭސްބުކުން ގުޅުން އުފައްދައި ލިންކެއް ފޮނުވައިގެން 50،000ރުފިޔާ މީހެއްގެ އަތުން ދަމައިގަތް  މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Allied

އެ  މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ / މާލެ، މޫސާ މުޙައްމަދު (38އ)އެވެ. ކޯޓު އަމުރެއްގެ ދަށުން މި މަހުގެ ދެވަނަ ދުވަހު ހައްޔަރުކޮށް އޭނާގެ ބަންދަށް މިހާރު ވަނީ 15ދުވަސްވެސް ޖަހައިފައެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 24ވަނަ ދުވަހު ފޭސްބުކް މެސެންޖާ މެދުވެރިކޮށް މޫސަ ވިކްޓިމްއާ ގުޅުން އުފައްދައި އަދި ވައިބަރ މެދުވެރިކޮށް ލިންކެއް ފޮނުވި ކަމަށާއި ވިކްޓިމް އެ ލިންކަށް ފިތައިލުމުން ފޯނު ރީސެޓުވެ، ވިކްޓިމްގެ ބޭންކު އެކައުންޓުގައި ހުރި 50,000ރުފިޔާ ކެނޑުނު ކަމަށެވެ. އަދި އެ ފައިސާ ޖަމާވީ މޫސަގެ އެކައުންޓަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

Ads by Allied Insurance