ޚަބަރު

ފުލުހެއްގެ ގައިގައި ޖެހިކަމަށް ތުހުމަތުކޮށް މައިމޫން ފުލުހަށް ހާޒިރުކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މައިމޫން--

ފުލުހެއްގެ ގައިގައި ޖެހިކަމަށް ތުހުމަތުކޮށް އެމްޑީޕީގެ އެކްޓިވިސް މައިމޫން މުހައްމަދު ފުލުހުން ހާޒިރުކުރަން ނިންމައިފިއެވެ.

Ads by Allied

މިދިޔަ މަހު އެމްޑީޕީން ރޭގަނޑު ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އަމުރަށް ނުކިޔަމަންތެރިވިކަމަށް ބުނެ މައިމޫން ހަައްޔަރުވެސް ކުރިއެވެ. ނަމަވެސް ފަހުން ދޫކޮށްލިއެވެ.

ނަމަވެސް "ދެން"އަށް އެނގިފައިވާ ގޮތުން އެ މުޒާހަރާގެ ތެރެއިން ފުލުހެއްގެ ގައިގައި މައިމޫން ޖެހިކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.

އެހެންވެ މާދަމާ ހެނދުނު އެކަމާ ގުޅޭ ގޮތުން ސުވާލުކުރަން މައިމޫން ފުލުހުންގެ އިދާރާއަށް ހާޒިރުވާން މިހާރު އޮތީ ޗިޓު ފޮނުވައިފައެވެ.

އެކަމާ ގުޅޭ ގޮތުން "ދެން"އަށް މައިމޫންގެ ސީދާ ބަހެއް ނުލިބެއެވެ.

މައިމޫން ވަނީ ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރުގައި ހައުސިން މިނިސްޓްރީގައި އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވައިފައެވެ.

Ads by Allied Insurance