ޚަބަރު

ދިވެހި ހައްޖުވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ: ސައުދީގެ މުތައްވިފް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެކަމަށް ދިވެހި ހައްޖުވެރިންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ސައުދީގެ މުތައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެއެވެ.

Ads by Allied

ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް މައްކާއަށް ދާ ކޮންމެ ހާޖީއެއްގެ ދަތުރު ފަސޭހަކޮށްދީ، މަގު ދައްކައިދޭ ހާއްސަ އެހީތެރިންނަކީ މުތައްވިފުންނެވެ. ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާ ވުޒާރާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މުތައްވިފަކީ ރަވާފް މިނާއެވެ.

ހައްޖުގެ ކަންކަމުގައި ސައުދީގެ ރާއްޖޭގެ އެޖެންޓް ނުވަތަ މުތައްވިފް، ރަވާފް މިނާއާއި ހައްޖު މިޝަނުން ވަނީ ބައްދަލުކުރައްވާފައެެވެ.

އެ ބައްދަލުވުމުގައި ރަވާފް މިނާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސީއީއޯ ޒުހައިރް ޢަބްދުލް ޙާމިދް ސަދަޔޯއެވެ. ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނީ ރާއްޖެއިން މައްކާގައި ހައްޖުވެރިންނަށް ހިދުމަތް ދިނުމަށް ގާއިމުކުރާ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިތާއު އައްބާސްއެވެ. އަދި މިޝަންގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މުތައްވިފާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވަނީ ދިވެހި ހައްޖާޖީންނަށް ހިދުމަތްތައް ދިނުމަށް މިހާތަނަށް ކުރިއަށްގެންދެވުނު މަސައްކަތްތަކާއި ހާޖީން މައްކާއަށް އަންނަ ދުވަސްތަކަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި އެންމެހާ މަޝާއިރުތަކުގެ އިންތިޒާމްތަކާގުޅޭގޮތުން މަޝްވަރާކުރިއެވެ.

އަދި ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެކަމަށް މުތައްވިފު ވިދާޅުވިއެވެ.

Ads by Allied Insurance