ޚަބަރު

މޮރިޝަސްއިން ރާއްޖެއާ އެކު މަޝްވަރާގެ މޭޒަށް އަންނަން ބޭނުންވޭ: ރައީސް ނަޝީދު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ކުރީގެ ރައީސް މުޙައްމަދު ނަޝީދު 'އިންޑިއަން އޯޝަން ޑައިލޮގް' އަށް ފަހު މީޑިއާއަށް ދެއްވި ބަސްދީގަތުމުގެ ތެރެއިން

ޗާގޯސްގެ މައްސަލައިގައި ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަށް ފަހު، ކަނޑާލާފައިވާ ޚާރިޖީ ގުޅުން އަލުން އާލާކުރުމަށްޓަކައި ދިވެހި ސަރުކާރާ އެކު މަޝްވަރާކުރަން މޮރިޝަސް ސަރުކާރުން ތައްޔާރަށް އޮތްކަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

Ads by Allied

އެ މަނިކުފާނު މިކަން ހާމަކުރެއްވީ، އިންޑިއާގައި ކުރިއަށްދިޔަ 'އިންޑިއަން އޯޝަން ޑައިލޮގް' ގައި ބައިވެރިވެވަޑައިގަތުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން މޮރިޝަސްގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި، ދެ ޤައުމުގެ މެދުގައި އުފެދިފައިވާ މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދެކެވިފައެވެ.

އަވަށްޓެރި ޤައުމުތަކާ އެކު ޚާރިޖީ ގުޅުންތައް ކަނޑާލާފައި ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން، ނަޝީދު ވަނީ މޮރިޝަސްއިން ފަހިކޮށްދިން މި ފުރުސަތުގެ ބޭނުން ހިފައި، ގުޅުންތައް ރަނގަޅުކުރުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން އިސްނެގުމަށް ގޮވާލައްވާފައެވެ.

އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ޗާގޯސްގެ މިލްކުވެރިކަމާމެދު ޒަމާންތަކެއް ވަންދެން ހިނގަމުންދިޔަ ދެބަސްވުންތަކަށް ފަހު، އެ ސަރަހައްދު މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސިން ވަނީ މިދިޔަ އަހަރު އެއްބަސްވެފައެވެ. އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފާޑުކިޔުންތައް މިކަމަށް އަމާޒުވި ނަމަވެސް ފަހުން ވަނީ މި އެއްބަސްވުން ތަންފީޒުކުރަން ތާއީދުކުރައްވާފައެވެ. ރާއްޖެއިން ޗާގޯސްގެ މައްޗަށް ދައުވާކުރި ނަމަވެސް، އިނގިރޭސިވިލާތުން ދެކޭގޮތުގައި މިއީ ހަމައެކަނި އެ ޤައުމާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެކެވެ.

Ads by Allied Insurance
  1. ސަމަރުގަންދު

    ހަމަ ރަނގަޅައް ބަޔަކު ކަމެއް ކުރަނިކޮއް އެކަން ހަލާކުކުރަން ތެޅޭ މީހެއް މީ. ބަލަ ކަނޑު ވިއްކާލީ ކަލޭމެން ދެޅިޔަނުންގެ ސަރުކާރުންނެއްނު ކަލޭހުރީ މަޖްލިސް ރައީސްކަމު. ދެން މިކަމަށް ވަންނަން ނޫޅޭ ކަލޭ

  2. ޢަދުނާނު

    ދިވެހިރާއްޖެ މޮރިސަސްއަކާ މަޝްވަރާކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ” ފޯޅަވައް – ޗާގޯސްއާ ބެހޭގޮތުން !”
    “ވިލާތުގެ” ފޭރޭބަޔަކު، ދިވެހިރާއްޖޭގެ އަތޮޅެއް ފޭރުނު ނުވަތަ، ރަސްކަލަކު “ގުޑާކު ޑަބިޔަލަކަށް ވިއްކާލިއިރު، މޮރިސަސް ނަމަކަށް ކިޔާ ޤައޮމެއް ހައްދަވާ ފަނުނުވޭ ދުނިޔެއަކު!