Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 254 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 254 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން، ޤާނޫނާ ޚިލާފަށް އުޅެމުންދިޔަ 254 ބިދޭސީއަކު ހޯދައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، ބިދޭސީން ބަލައި ފާސްކުރުމުގެ ބޮޑު ހަރަކާތެއް މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ނިންމާފައެވެ. މިގޮތުން، ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، އެ މީހުންގެ ލިޔެކިޔުންތައް ޗެކްކޮށް ސުވާލުކުރުމުގެ މަސައްކަތް ވެސް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ. އަދި ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 18،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ ނަގައި ދަފުތަރުކުރެވިފައިވާކަން ވެސް ފާހަގަކުރެވެއެވެ.

މިފަދަ މައްސަލަތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ބިދޭސީންގެ ނެޓްވޯކެއް ހިންގަމުންދިޔަ އިސް ފަރާތެއްގެ މައްޗަށް ދާދި ފަހުން ވަނީ ކުށް ސާބިތުވެފައެވެ. ނަމަވެސް، އެ ފަރާތަށް ކޯޓުން އިއްވާފައި ވަނީ ކުށުގެ ކުޑަބޮޑުމިނާ އަޅާބަލާއިރު ނިސްބަތުން ވަރަށް ލުއި އަދަބެއްކަން ވަނީ ހާމަވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް