ޚަބަރު

ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިއްޖެ: މެޓް އޮފީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައިވާކަމަށް މެޓް އޮފީހުން މިއަދު ބުނެފިއެވެ.

Ads by Allied

މެޓް އޮފީހުން މިއަދު އެކްސްގައި ބުނީ ހުޅަނގު މޫސުމުގެ އަސަރުތައް އާންމުގޮތެއްގައި މޭ މަހުގެ ފުރަތަމަ އަދި ދެވަނަ ހަފްތާގައި ދެކުނުގެ އަތޮޅުތަކަށް ފަށާކަމަށެވެ. އަދި އޭގެ ފަހުން މެދު ރާއްޖެ ތެރެއަށް ވެސް ހުޅަނގު މޫސުން ފެށި އަދި މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭ ކަމަށެވެ.

މެޓް އޮފީހުން ބުނީ މިދިޔަ ހުކުރު ދުވަހު ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށެވެ.

ހުޅަނގު މޫސުން ފެށޭކަމަށް ބަލާ މިންގަނޑުގެ ގޮތުގައި މެޓް އޮފީހުން ބަލަނީ

  • އެކެއް މޭގެ ފަހުން ދެކުނު8ގެ އަތޮޅުތަކަށް މަދުވެގެން 60ޕަސެންޓް ސްޓޭޝަނުން 2.5މިލިމީޓަރު ނުވަތަ އެއަށްވުރެ އިތުރަށް ދުވާލެއްގެ މައްޗަށް ރެކޯޑްކުރެވުން
  • އެކެއް މޭގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60ޕަސެންޓް ސްޓޭޝަންގައި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10ނޯޓިކަލް މޭލަށް ވުރެ ބާރު މިނުގައި ޖެހުން

Ads by Allied Insurance