ޚަބަރު

ކަރެކްޝަންސްގެ އޭސީޕީކަމުން ވަކިކުރި އާސިފަށް އަލުން އެ މަޤާމު ހަމަޖައްސައިދޭން ކޯޓުން ޙުކުމްކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް (އޭސީޕީ)ގެ މަގާމުގައި ހުންނަވަނިކޮށް މީގެ އަހަރުތަކެއް ކުރިން ވަޒީފާއިން ވަކިކުރި މުޙައްމަދު އާސިފް އެ މަގާމުން ދުރުކުރީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

Ads by Allied

އާސިފްގެ ފަރާތުން ކޯޓަށް ހުށަހެޅި މި މައްސަލަ ބެލުމަށްފަހު، އިއްވި ހުކުމުގައި ބަޔާންކޮށްފައި ވަނީ އޭނާ މަޤާމުން ވަކިކުރުމުގައި ކަމާބެހޭ ފަރާތްތަކުން އަމަލުކޮށްފައި ވަނީ އިޖުރާޢަތްތަކާ ޚިލާފަށް ކަމަށެވެ. އެހެންކަމުން، އޭނާއަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތަކާ އެކު އަލުން ހަމަ އެ މަޤާމަށް އައްޔަންކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ޝަރީއަތް ކޯޓުގައި ހިނގަމުންދިޔައިރު، އޭސީޕީގެ މަގާމަށް އެހެން ބޭފުޅަކު އައްޔަންކުރުން ހުއްޓުވުމަށް ކޯޓުން މީގެ ކުރިން ވަނީ ވަގުތީ އަމުރެއް ވެސް ނެރެފައެވެ. އަދި އެ އަމުރު ބާތިލުނުކޮށް ދެމިއޮތުމަށް ފަހު، މައްސަލައިގެ އެންމެ ފަހުގެ ނިޔާ ކަނޑައަޅައި ނިމިގެން ދިޔައީ އާސިފަށް ކާމިޔާބުވާ ގޮތަށެވެ.

Ads by Allied Insurance