Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ނަރުހުންގެ ދުވަހާ ގުޅިގެން ބޭއްވި ޢިލްމީ ބަހުސް މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

ނަރުހުންގެ ދުވަހާ ގުޅިގެން ބޭއްވި ޢިލްމީ ބަހުސް މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި ނަރުސްކަމުގެ ދާއިރާގެ ކުރިމަގާމެދު މަޝްވަރާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައެންސަސްގައި އިންތިޒާމުކުރި ޚާއްޞަ ބަހުސް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މޯލްޑިވްސް އޮންކޮލޮޖީ ނަރސް އެސޯސިއޭޝަނާއި ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒް ގުޅިގެން ކުރިއަށްގެންދިޔަ މި ޙަރަކާތަށް ފަސްޓްލޭޑީ ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ. އެކަމަނާއަށް އިސްވެ މަރުޙަބާ ދެންނެވީ އޮންކޮލޮޖީ ނަރސް އެސޯސިއޭޝަންގެ ރައީސާ އާމިނަތު ޒީނިޔާގެ އިތުރުން ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒްގެ ރައީސާ މަރިޔަމް ނިޔާނެވެ.

ދެ ޓީމެއްގެ މެދުގައި ކުރިއަށްދިޔަ މި ފޯރިގަދަ ބަހުސް ބިނާކޮށްފައިވަނީ "ދިވެހިރާއްޖޭގައި ނަރުސްކަމުގެ ދާއިރާއިން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ދިއުމަށް ފުރުސަތު އެބައޮތެވެ" މި މައުޟޫޢުގެ މައްޗަށެވެ. އެގޮތުން، އެއް ޓީމުން މި ޚިޔާލަށް ތާޢީދުކޮށް ވާހަކަދެއްކިއިރު، އަނެއް ޓީމުން ވަނީ މައުޟޫޢާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ޚިޔާލުފާޅުކޮށްފައެވެ.

Advertisement
HDC — Sidebar (box)

ޞިއްޙީ ދާއިރާގެ ގިނަ ޢަދަދެއްގެ ފަންނީ ބޭފުޅުންނާއި ޢިލްމީ ތަޖުރިބާކާރުން ބައިވެރިވި މި ސެޝަނުގައި، ރާއްޖޭގައި ނަރުހުންނަށް ހުރި އައު ފުރުޞަތުތަކާއި ދާއިރާ އިތުރަށް ތަރައްޤީކުރެވިދާނެ ގޮތްތަކާމެދު ވަނީ މުހިއްމު ނުކުތާތަކެއް ފާހަގަކޮށްފައެވެ. ދުނިޔޭގެ ފެންވަރުގައި ނަރުހުންގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 12ވަނަ ދުވަހު އަންނަނީ ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް