ޚަބަރު

ގައުމީ ޤުރުއާން މުބާރާތުގެ އޮޑިޝަންއަށް 3000އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކުއްޖަކު ޤުރުއާން ކިޔަވަނީ--

މި އަހަރު ބާއްވާ 38 ވަނަ ގައުމީ ޤުރުއާން މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމަށް 3000އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި އެވެ.

Ads by Allied

އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހުޅުވާލީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެއީ އިއްޔެގެ ނިޔަލަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުއްދަތު ހަމަވި އިރު މުބާރާތުގ އޮޑިޝަންގައި ބައިވެރިވާން 3053 ބައިވެރިން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން ގައުމީ ޤުރުއާން މުބާރާތް ބާއްވަމުން ދަނީ ސީދާ ސަރުކާރުގެ ހަރަދުގަ އެވެ.

އެ މުބާރާތުން އެއްވަނަ ހޯދާ ދަރިވަރުންނަށް އެ ދަރިވަރުން ބޭނުން ގައުމަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވޭ ގޮތަށް ރައީސްގެ ހާއްސަ ސްކޮލަޝިޕެއް ވެސް ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު އޮތީ އިއުލާންކުރައްވައިފަ އެވެ.

މިދިޔަ އަހަރު ބޭއްވި ގައުމީ ޤުރުއާން މުބާރާތުގައި 1000އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.

Ads by Allied Insurance