ޚަބަރު

ބާކީ ތިބި ދެ ޑައިވަރުންގެ ހަށިގަނޑުވެސް ނަގައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މިދިޔަ ބުރާސްފަތި ދުވަހު ވ. އަތޮޅުގައި ޑައިވަނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ތެރެއިން މިހާތަނަށް ނުނަގާ އޮތް ދެ މީހެއްގެ ހަށިގަނޑު މިއަދު ނަގައިފި އެވެ

Ads by Allied

ފަސް ޑައިވަރުން ޑައިވަނަށް ފޭބިއިރު އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު މިދިޔަ ބުރާސްފަތި ދުވަހު ފެނުނު ނަމަވެސް ދެން ތިބި ހަތަރު ޑައިވަރުންގެ ހަށިގަނޑުތައް ހުރި ތަން ހޯދުނީ މިދިޔަ ހޯމަ ދުވަހު އެވެ. އެއީ ފިންލެންޑްގެ ހާއްސަ ޑައިވަރުންތަކެއް ރާއްޖެ އައިސް ޑައިވްކޮށްގެން ނެވެ.

އޭގެ ތެރެއިން ދެ ޑައިވަރެއް ހަށިގަނޑު އިއްޔެ ވަނީ ނަގައިފަ އެވެ. އަދި މިއަދު ވަނީ ބާކީ ތިބި ދެ ޑައިވަރެެއްގެ ހަށިގަނޑު މިއަދު ވަނީ ކަނޑު އަޑިން ނަގައިފަ އެވެ. އެ އެންމެންވެސް ނެގިއިރު ތިބީ މަރުވެފަ އެވެ.

ގެއްލުނު ޑައިވަރުންގެ ހަށިގަނޑުތައް ފެނިފައި ވަނީ ކަނޑުއަޑީގެ ފުން ހޮހަޅައެއްގެ ތެރޭގައި ތާށިވެފައި ވަނިކޮށެވެ. އެއީ 60 މީޓަރުގެ އަޑީ ތަނެކެވެ.

ގެއްލުނު ޑައިވަރުންގެ ހަޑިގަނޑުތައް ހޯދުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ޑައިވަރެއް ކަމަށްވާ ސާޖަންޓް ފަސްޓްކްލާސް މުހައްމަދު މަހުދީ މިދިޔަ ހޮނިހިރު ދުވަހު ވަނީ ނިޔާވެފަ އެވެ.

Ads by Allied Insurance