ޚަބަރު

ބިދޭސީއަކު ރަހީނުކުރުމުގައި އުޅުނު ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކްރިމިނަލް ކޯޓާއި ޑުރަގު ކޯޓު ހިންގާ އިމާރާތް--

މިދިޔަ މާޗުމަހުގެ ފަހުކޮޅު ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކުރި މައްސަލައެއްގައި ހައްުޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އެންމެ އުޅުނުކަމަށް ބެލެވޭ ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

Ads by Allied

އެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކުރި އިރު ކުރިން ވެސް އެ މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ ކަމުގައި އުޅުނުކަމަށް ބެލެވޭ އިތުރު ތިން މީހުން ކަމަށްވާ އެމްޑީ ޝާ އަލަމް (39އ) ސާފިސް ހަސަން (39އ) އަދި އެމްޑީ މެހެދި ހަސަން (34އ) ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެ މީހުންގެ މައްޗަށް ކުރަނީ ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެކުށެވެ.

މި މަހު ކުރީކޮޅު ވަނީ އެ ކަމުގައި އެންމެ އިސްކޮށް އުޅުނުކަމަށް ބެލެވޭ މީހާކަމަށްވާ އެމްޑީ ހޮސައިން (30އ) އިތުރު 30 ދުވަހަށް ބަންދުކުރަން ވެސް އަމުރުކޮށްފައެވެ.

ބަނގުލަދޭޝްއަށް ނިސްބަތްވާ އެ ފަސް ބިދޭސީން ރަހީނުކުރީ ވެސް ހަމަ ބަނގުލަދޭޝް މީހެކެވެ. ރަހީނުކޮށްފައި ހުރި މީހާ ފުލުހުން ހޯދީ ވިލިމާލެއިންއެވެ. އޭނާ ފަހުން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ވަނީ ދޫކޮށްލައިފައެވެ

Ads by Allied Insurance