ޚަބަރު

އީދު ބަންދާ ގުޅިގެން މެއި މަހުގެ މުސާރަ ދޫކުރުން 28 އަދި 31 އަށް ތާވަލުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފިނޭންސް މިނިސްޓްރީގެ އިމާރާތް/ ފޮޓޯ: މިނިސްޓްރީ

އަޟްޙާ އީދުގެ ދިގު ބަންދާ ގުޅިގެން ބޭންކުތައް ހުޅުވިފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތްކުރުމަށްފަހު، ސަރުކާރު މުވައްޒަފުންނަށް މި ހިނގާ މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28އަދި 31ވަނަ ދުވަހު ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

Ads by Allied

ބޮޑު އީދުގެ މުނާސަބަތުގައި މި މަހުގެ 22ވަނަ ދުވަހުން ފެށިގެން ދައުލަތުގެ އިދާރާތައް ބަންދުކޮށްފައިވާއިރު، ރަސްމީ މަސައްކަތަށް ދެން އޮފީސްތައް އަލުން ހުޅުވޭނީ މަސް ނިމޭ ދުވަސް ކަމަށްވާ މެއި 31 ގައެވެ. މި ދިގު ޗުއްޓީގެ ތެރެއިން މާލީ މުއާމަލާތްތައް ކުރުމަށްޓަކައި ބޭންކުތަކުން ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވަނީ ހަމައެކަނި މި މަހުގެ 28 ވާ ބުރާސްފަތި ދުވަހު ކަމަށްވާތީ، މުސާރަ ޖަމާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ދެ ދުވަހަށް ބަހާލައިގެންނެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މުސާރަ ދިނުމުގެ އިންތިޒާމުތައް މިގޮތަށް ރާވާފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެ ގަވާއިދު ބަޔާންކުރާ ގޮތުން ކޮންމެ މީލާދީ މަހެއްގެ މުސާރަ، އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގައި މުވައްޒަފުންނަށް ދޫކުރަން ޖެހޭނެއެވެ. އެހެންކަމުން ގަވާއިދާ އެއްގޮތަށް، ބޭންކު ހުޅުވާ ދުވަހާއި އަދި ސަރުކާރު ހުޅުވޭ ދުވަހުގައި މުސާރަތައް ޖަމާކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ވުޒާރާއިން ވަނީ ދީފައެވެ.

Ads by Allied Insurance
  1. ޢެސް ސެެޕް ސޮޕަ

    ދެން މުސާރަ ހެދީ 5 ދުވަސް މަދުކޮށް. އެއީ ކީއްކުރަން ކުރި ކަމެކޯ. މަހުގެ 10 ވަނަ ދުވަހު މުސާރަ ސީޓްތައް ފޮނުވަން އަންގާ ކުޅުނީ ކޮން ގޭމެއް.