Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދައުލަތުގެ ސޮވަރިން ފަންޑަށް މިއަހަރު ޖަމާކުރި ފައިސާ 923 މިލިޔަން ރުފިޔާއަށް އަރައިފި

ދައުލަތުގެ ސޮވަރިން ފަންޑަށް މިއަހަރު ޖަމާކުރި ފައިސާ 923 މިލިޔަން ރުފިޔާއަށް އަރައިފި

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މެއި މަހުގެ މެދުތެރެއާ ހަމައަށް ދައުލަތުގެ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)އަށް 923މިލިޔަން ރުފިޔާ ޖަމާކޮށްފައިވާކަމަށް މާލީ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން ނެރެފައިވާ ހަފްތާގެ މާލީ ތަފާސްހިސާބުތައް ބަޔާންކުރާ ގޮތުގައި، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އެސްޑީއެފްއަށް ޖަމާވި ފައިސާ ވަނީ 18އިންސައްތަ އިތުރުވެފައެވެ. ނިމިދިޔަ އަހަރުގެ މި ދުވަސްވަރު އެ ފަންޑަށް ޖަމާކޮށްފައިވަނީ 776މިލިޔަން ރުފިޔާއެވެ. ހަމައެއާއެކު، ދައުލަތުން ނަގާފައިވާ ލޯނުތައް އަދާކުރުމަށް ކުރި ހޭދަ ވެސް ވަނީ ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައެވެ.

މި އަހަރުގެ މިހާތަނަށް ދަރަނި އަނބުރާ ދެއްކުމަށް 8.6ބިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވެއެވެ. މިއީ މާޒީވި އަހަރުގެ މި މުއްދަތުގައި މިކަމަށް ހޭދަކުރި 2.5ބިލިޔަން ރުފިޔާއާ ނިސްބަތްކުރާއިރު 244އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިއަހަރުގެ ތެރޭގައި ދައްކަންޖެހުނު ބޮޑެތި ދަރަނިތަކުގެ ތެރޭގައި، 2021ވަނަ އަހަރު ވިއްކި 500މިލިޔަން ޑޮލަރުގެ ސުކޫކާއި، އިންޑިއާއާއެކު މިއަހަރު ވެފައިވާ 400މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ހިމެނޭކަމަށް ސަރުކާރުން ބުނެފައިވެއެވެ. މި ފައިސާ މައިގަނޑު ގޮތެއްގައި ދައްކާފައިވަނީ މަރުކަޒީ ބޭންކުގެ ރިޒާވާއި ސޮވަރިން ފަންޑު ބޭނުންކޮށްގެންނެވެ.

Advertisement
Ooredoo — Square (box)

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަކީ ބޮޑެތި މަޝްރޫޢުތަކަށް ނަގާ ލޯނުތައް އަނބުރާ ދެއްކުމަށާއި، ކުއްލި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމުގެ މަޤުޞަދުގައި 2016ވަނަ އަހަރު ޤާއިމުކުރެވުނު ޚާއްޞަ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކުގެ އާންމު ރިޒާވާ މުޅިން ވަކިން ހިންގަމުން އަންނަ ފަންޑެކެވެ. މި ފަންޑަށް މައިގަނޑު ގޮތެއްގައި ފައިސާ ވަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް)އާއި، އެމްއޭސީއެލްގެ ޑިވިޑެންޑުގެ އިތުރުން އެއާޕޯޓުގެ ޚިދުމަތްތަކުން ލިބޭ އާމްދަނީންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް