ޚަބަރު

ގަމުގައި ކަރަންޓުގައި ޖެހި، ޙާލުދެރަވި ކުއްޖާ ވެންޓިލޭޓަރުން ނަގައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ލ. ގަމުގައި ކަރަންޓު ޖެހި، ހާލު ސީރިއަސްވެގެން މާލެ ގެނެސް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދިޔަ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖާ ވެންޓިލޭޓަރުން ނަގައިފިއެވެ.

Ads by Allied

އައިޖީއެމް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި އިއްޔެ މެންދުރު 12:00 އެހާއިރު އެ ކުއްޖާ ވެންޓިލޭޓަރުން ނެގި ނަމަވެސް، އޭނާއަށް އަދިވެސް ފަރުވާދެމުން އަންނަނީ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ)ގައެވެ. އަދި ޑޮކްޓަރުން އަންނަނީ އެ ކުއްޖާގެ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުން ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.

މި މަހުގެ 26ވަނަ ދުވަހުގެ ރޭ މި ހާދިސާ މެދުވެރިވާން ދިމާވީ، މަގުމަތީގައި ހުރި ކަރަންޓު ޑިސްޓްރިބިއުޝަން ފޮއްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާގައި ކަރަންޓު ޖެހުމުގެ ސަބަބުން އެ ކުއްޖާގެ ހަށިގަނޑުން ބޮޑު ބައެއް ފިހިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވީ ނަމަވެސް، ލިބުނު ޒަޚަމްތަކުގެ ރަސްމީ ތަފްސީލެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

ހާދިސާ ހިނގުމާ އެކު އެންމެ ފުރަތަމަ އެ ކުއްޖާއަށް ކުއްލި ފަރުވާ ދޭން ފެށީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. އެހެންނަމަވެސް ކުއްޖާގެ ހާލު ދެރަވެ އެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވަނީ މި މަހުގެ 27ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް އެ ކުއްޖާއަށް ފަރުވާދެމުން އައީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ.

Ads by Allied Insurance