އާޓިފިޝަލް ބީޗްގައި ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލައެއް ތަހްގީގުކުރަން ފަށައިފި
މާލޭ، އާޓިފިޝަލް ބީޗްގައި ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހްގީގުކުރަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަން ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް ވަނީ އައިސްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް ފުލުހުންނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައެއް ނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް، މިއީ ޖިނާއީ ކުށެއް އެކުލެވޭ ކަމަކަށް ވާތީ، ޤާނޫނީ އިޖުރާއަތްތަކުގެ ދަށުން މި މައްސަލަ ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
Ads by Allied Insurance