ސިނގިރެޓް ޑިއުޓީ ދެބައިކުޅަ އެއްބައި ކުޑަކުރަން މަޝްވަރާކުރަނީ
ސިނގިރެޓް ޑިއުޓީ ދެބައުކުޅަ އެއްބައި ކުޑަކުރަން މަޝްވަރާކުރަން ސަރުކާރުން ނިންމައިފިއެވެ.
ސިނގިރެޓް ނަގަމުންދިޔަ ޓެކްސް ބޮޑުކުރީ މި ހިނގާ ވެރިކަމުގައި 2024ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެގޮތުން ކުރިން ސިނގިރެޓްއަކަށް ނަގަމުންދިޔަ 3.30ރުފިޔާއިން އަށް ރުފިޔާ އަށް އޮތީ ބޮޑުކޮށްފައެވެ.
އެ ބަދަލާއެކު ގިނަ ބަޔަކު އަމިއްލައަށް އޮޅައިގެން ހަދާބިޑި ބޭނުންކުރަން ފަށާފައިވާ އިރު ވަގަށް ސިނގިރެޓް އެތެރެކުރުން ވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
ނަމަވެސް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ސިނގިރެޓް ޑިއުޓީ ކުޑަކުރަން ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އަދި ޑަބްލިއުއެޗްއޯއިން ހެދި ދިރާސާއެއްގައި ވެސް ލަފާ ދީފައިވަނީ ސިނގިރެޓަކުން ޑިއުޓީގެ ގޮތުގައި ހަތަރު ރުފިޔާ ނަގަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ ބަދަލު ގެނެސްފިނަމަ ސިނގިރެޓްއިން ނަގާ ޑިއުޓީ ދެބައި ކުޅައެއްބައި ކަނޑާލާނެއެވެ.
މިނިސްޓަރު ވިދާޅުވީ އެ ބަދަލު ގެންނަނަ މަޖިލީހަށް ލަފާ ދޭނީ ކަމާ ބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާތައް ކުރުމަށް ފަހު އެކަމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވިއްޖެނަމަ ކަމަށެވެ.