ޚަބަރު

ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މޫމިން(48އ.)، ބަނގުލަދޭޝް--

ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ހޯދަން އިއުލާންކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ މޫމިން (48އ)އެވެ.

ފުލުހުން ބުނީ އެ އިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މޫމިން ހާޒިރުކުރަން ބޭނުންވި ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އެހެންވެ މޫމިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ވަނީ އިއުލާނެއް ނެރެފައެވެ.

މޫމިންއާ ގުޅޭ ގޮތުން ތަހުގީގުކުރަމުންދަނީ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުނެއެވެ.

ފަހަކަށް އައިސް ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ބިދޭސީން ހައްޔަރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ.

Ads by Allied Insurance