ވައްކަންކުރި ދެ ބިދޭސީއަކު ޑީޕޯޓްކުރަނީ
ވައްކަންކުރި ދެ ބިދޭސީއަކު ޑީޕޯޓްކުރަން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ވައްކަންކޮށްގެން ދެ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.
އެއީ ނޭޕާލަށް ނިސްބަތްވާ ޕްރަދިޕް ރައި (30އ)އަދި ސަބިން ގުރުންގް (30އ)އެވެ.
އެ ދެ މީހުންވެސް 15ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ އިރު ދެ މީހުންނާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.
އެގޮތުން ސީސީޓީވީ ފުޓޭޖް އަދި ސީނަށް ދިޔަ ފުލުހުންގެ ރިޕޯޓް ހުށަހަޅާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ބަންދު އަމުރުގައި ހާމަކޮށްފައެއް ނުވެެއެވެ. ނަމަވެސް ދެ މީހުން ވެސް ޑީޕޯޓްކުރުމުގެ ކަންކަން މިހާރު ކުރިއަށްދާކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.