މަންމައާ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި
މަންމައާ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ހއ. ހޯރަފުށި، /ކޮތަރިވިލާ، މުހައްމަދު ސުނާހު (36އ)އެވެ.
އެ މައްސަލައިގައި ކޯޓުން ވަނީ އޭނާ 15ދުވަހަށް ބަންދުކުރަން ވެސް އަމުރުކޮށްފައެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ސުނާހު ވަނީ އޭނާގެ މަންމަ ގައިގައި ތަޅާ މާރާމާރީ ހިންގުމަށް ފަހު އިންޒާރު ދީފައެވެ.
ނަމަވެސް މަންމަ ގައިގައި ޖެހިކަމަށް އިންކާރުކުރާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.
ހައްޔަރާއި ބަންދުގެ ރިކޯޑް އޮންނަ ސުނާހު ހޯދަން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓުން މީގެ ކުރިން ހޯދަން އިއުލާންވެސްކޮށްފައިވެއެވެ.