ޚަބަރު

ޗާންދަނީމަގު ކަންމަތިން ވަގުތީގޮތުން ދެކޮޅަށް ދުއްވޭގޮތަށް ހަމަޖައްސައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ),

ޓްރެފިކް ތޮއްޖެހުން ކުޑަކުރުމުގެ ބޭނުމުގައި، ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމަތިން ވަގުތީގޮތުން ދެކޮޅަށް ދުއްވޭނެ އިންތިޒާމު މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމަށްޓަކައި ގެނައި މި ބަދަލާ ގުޅިގެން، އެ ސަރަހައްދުގައި ދަތުރުކުރުމަށް މިހާރު އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ. މިކަން މިގޮތަށް ބަދަލުކުރަން ނިންމީ، ބޭރުމަގު ބަންދުކޮށްގެން މަސައްކަތްކުރާތީ އާންމުންގެ ދަތުރުފަތުރަށް ދިމާވެފައިވާ ދަތިތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

މާލޭގެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢެއްގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން، މިވަގުތު އަމަލީ މަސައްކަތް ކުރިއަށްދަނީ ރަސްމީ ފާލަމުން ފެށިގެން ކުރީގެ ނަސަންދުރާ ހުރި ސަރަހައްދާ ދެމެދުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!