ނޭޝަނަލް ޕޭކޮމިޝަން އެކުލަވާލައިފި
ބަޖެޓުން މުސާރައާއި އިނާޔަތްތައް ދޭ ހުރިހާ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުތައް އެއް ހަމަ ކުރުމުގެ ކަންކަން ބަލަހައްޓާ ނޭޝަނަޕް ޕޭކޮމިޝަން އެކުލަވާލައިފިއެވެ.
ނޭޝަނަލް ޕޭ ކޮމިޝަނަކީ ދިވެހިރާއްޖޭގެ ބަޖެޓުން މުސާރައާއި އިނާޔަތްތައް ދޭ ހުރިހާ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުތައް އެއްހަމަަކުރުމާއި، މުސާރައިގެ ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި "ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުނެވެ. މި ކޮމިޝަންގެ މެންބަރުން އަލުން އެކުލަވާލާފައިވާއިރު، ކޮމިޝަންގެ ރައީސްގެ މަގާމަށް އައްޔަން ކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރުއެވެ.
ކޮމިޝަންގައި ހިމެނޭ އެހެން މެންބަރުން
- މަރްޔަމް ނިޔާފް މުޙައްމަދު (ކޮމިޝަނުގެ ނައިބު ރައީސް)
- ޢަފާފް އިބްރާހީމް ޢަލީ ދީދީ (ކޮމިޝަނުގެ މެންބަރު)
- ފާޠިމަތު ޝާނާ ފާރޫޤް (ކޮމިޝަނުގެ މެންބަރު)
- ހަދާ ފުއާދު (ކޮމިޝަން މެންބަރު)
މި ކޮމިޝަނުން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މެންބަރުންގެ ތެރޭގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ކުޑަކޮށް، އެއް ހަމައަކުން މުސާރަ ދިނުމުގެ ސިޔާސަތު ތަންފީޛުކުރުން އަދި މުސާރައިގެ ސިވިލް ސަރވިސް، ސިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ އަދި ސަލާމަތީ ޚިދުމަތްތައް ހިމެނޭހެން އެކި ދާއިރާތަކުގެ އައު ޕޭ ފްރޭމްވޯކްތައް ފަރުމާކުރުމުގެ އިތުރުން ދައުލަތުގެ މުސާރަތަކަށް ގެންނަންޖެހޭ ބަދަލުތަކާއި މާލީ ދާއިރާއަށް އޭގެއިން ކުރާނެ އަސަރުތަކާ ގުޅޭގޮތުން ސަރުކާރަށާއި ފިނޭންސް މިނިސްޓްރީއަށް ލަފާދިނުން ހިމެނެއެވެ.