Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އީސީގެ މެންބަރު ކަމަށް މުޙައްމަދު ޝަކީލް އައްޔަންކުރައްވައިފި

އީސީގެ މެންބަރު ކަމަށް މުޙައްމަދު ޝަކީލް އައްޔަންކުރައްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މުޙައްމަދު ޝަކީލް އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައި ޝަކީލަށް މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. ހުވާކުރެއްވުމަށް ފަހު އިޤްރާރުގައި ސޮއިކުރެއްވުމުން، މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ރަސްމީ ފަތްކޮޅު ރައީސް މުޢިއްޒު ވަނީ ޝަކީލާ ހަވާލުކުރައްވާފައެވެ.

މީގެކުރިން ވެސް އީސީގެ މެންބަރުކަމާއި ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވާ ޝަކީލް މި މަޤާމަށް ގެންނެވުމަށް ރައީސް ނިންމެވީ، އާންމުކޮށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިންނެވެ. އޭނާއަށް އެ މަޤާމު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކޮށްފައެވެ.

Advertisement
Allied Insurance — Square (box)

ޝަކީލް ވަނީ 2013ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން 2014ވަނަ އަހަރުގެ ޑިސެންބަރު މަހާ ހަމައަށް އެ ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްކަން ކުރައްވާފައެވެ. އަދި އޭގެފަހުން 2018ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ކޮމިޝަނުގެ މެންބަރުކަން ވެސް ކުރެއްވިއެވެ. މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ކުރިން އިސްތިއުފާދެއްވީ މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް ނެތުމުން ކަމަށާއި، މިފަހަރު ވެސް އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މަޤާމު ދޫކޮށްލައްވާނެ ކަމަށެވެ. އަދި ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް