Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފުވައްމުލަކުގައި އިމާރާތްކުރި ގުރުއާނާ ބެހޭ މަރުކަޒު އަންނަ ހުކުރު ދުވަހު ހުޅުވަނީ

ފުވައްމުލަކުގައި އިމާރާތްކުރި ގުރުއާނާ ބެހޭ މަރުކަޒު އަންނަ ހުކުރު ދުވަހު ހުޅުވަނީ

ފުވައްމުލަކުގައި އިމާރާތްކުރި ގުރުއާނާ ބެހޭ މަރުކަޒު އަންނަ ހުކުރު ދުވަހު ހުޅުވަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކާ ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ އެ މަރުކަޒު ހުޅުވާނީ ހުކުރު ދުވަހު ހަވީރު ހަތަރު ގައި ބައިގައި ކަމަށެވެ.

ނަމަވެސް ގުރުއާނާ ބެހޭ މަރުކަޒު އެ އިމާރާތުގައި ހިންގާނީ ވަގުތީ ގޮތުން ކަމަށާއި މުސްތަގުބަލުގައި ގުރުއާނާ ބެހޭ މަރުކަޒު ހިންގާނީ ފުވައްމުލަކުގައި އަޅާ އިސްލާމީ މަރުކަޒުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އެއާއެކު ގުރުއާނާ ބެހޭ މަރުކަޒުގެ އިމާރާތް ބޭނުންކުރާނީ ވަގުފު ބިނާއެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ވަގުފު ބިނާ ކުއްޔަށް ދީގެން ފުވައްމުލަކުގައި ދީނީ ކަންކަމަށް ހަރަދުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފުވައްމުލަކުގައި ހިފްޒު ކުުރުމުގެ ޕްރޮގްރާމްތައް އިތުރަށް ފުޅާ ކުރައްވާނެ ކަމަށެވެ.

ފުވައްމުލަކުގައި ބިނާ ކުރާ އިސްލާމީ މަރުކަޒުގެ ޑިޒައިންގެ މަސައްކަތް ނިންމައި  އެ ޑިޒައިންއަށް ހިޔާލު ހުށަހަޅަން ފުވައްމުލަކު ސިޓީ ކައުންސިލްއަށް މިހާރު އޮތީ ފޮނުވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް