ޚަބަރު

ޖަޕާނުގެ މައުލޫމާތުގެ ވެށީގައި ޗައިނާގެ ނުފޫޒުގެ ވިއުގަ މިހާރުވެސް ދަނީ ހަރަކާތްތެރިވަމުން

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ބެއިޖިންގްގެ ސިޔާސަތުތަކާއި ދައުލަތުގެ މެސެޖުތައް، ޚަބަރު އެއްކުރާ ޕްލެޓްފޯމްތަކާއި، ބްރޯޑްކާސްޓަރުންގެ އިތުރުން މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އައު ސިފައެއްގައި ޗައިނާއިން ދަނީ ޖަޕާނުގައި ފަތުރަމުންނެވެ.

މެއި 29 ވަނަ ދުވަހު ޓޯކިޔޯގެ ޤާނޫނުހަދާ މަޖިލީހުގެ އިމާރާތުގެ ކުރިމަތީގައި، ޖަޕާނުގެ ބޮޑުވަޒީރު ސަނައެ ތަކައިޗީގެ ސަރުކާރާ ދެކޮޅަށް ކުރިއަށްދިޔަ މުޒާހަރާއެއްގައި ބައިވެރިން ބޯޑުތަކާއި އައްލިތައް ހިފައިގެން ތިބި މަންޒަރު ފެނިގެންދިޔައެވެ. (ރޮއިޓާސް)

މިކަމާ ގުޅޭގޮތުން ލިޔުން ތައްޔާރުކުރި ޒީ-ފަންގް ލީ އަކީ ޗައިނާގެ ހައިބްރިޑް ހަނގުރާމައިގެ އުކުޅުތަކާއި އެކި ދާއިރާތައް ގުޅިގެން މަސައްކަތްކުރާ ނިޒާމުތައް ދިރާސާކުރާ މިނިވަން އެނަލިސްޓެކެވެ. އޭނާގެ ދިރާސާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ބޭރުގެ މައުލޫމާތުތަކަށް ނުފޫޒު ފޯރުވުމާއި އޮޅުވާލުމުގެ އަމަލުތަކަށާއި (އެފް.އައި.އެމް.އައި)، ގްރޭ-ޒޯން އޮޕަރޭޝަންތަކުގެ އިތުރުން އިންސާނުންގެ ވިސްނުމާ ކުޅެލާ ފަދަ ނަފްސާނީ ހަނގުރާމައަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!