ޚަބަރު

ހުޅުމާލޭގެ މިސްކިތަކަށް ގެއްލުންދިން މައްސަލައެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހުޅުމާލެ ފުރަތަމަ ފިޔަވަހި / ފޮޓޯ:އެޗްޑީސީ

ހުޅުމާލޭގެ މިސްކިތަކަށް ގެއްލުންދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ހުޅުމާލެ، މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް މިއަދު ފަތިހު 3:47އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި އަދި މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ނުބުނެއެވެ.

ފަހަކަށް އައިސް މިސްކިތްތަކަށް ގެއްލުން ދިނުމުގެ މައްސަލަތައް ފެންމަތިވެފައިވާ އިރު ބައެއް މީހުން އެ މައްސަލަތަކުގައި ހައްޔަރުވެސްކޮށްފައިވެއެވެ.

މިސްކިތްތަކަށް ގެއްލުން ދިނުމުގެ އިތުރުން މިސްކިތްތަކުގައި ހުންނަ ފަންކާތައް ވަގަށް ނެގުމުގެ މައްސަލަތައް ވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!