އަތޮޅުތެރޭގެ ދިހަ ކޯޓަކަށް މެޖިސްޓްރޭޓުން ހޯދަން އިއުލާނުކޮށްފި
ރާއްޖޭގެ އަތޮޅުތެރޭގައި ހުރި ދިހަ މެޖިސްޓްރޭޓް ކޯޓެއްގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމުތަކަށް ޤާބިލު ބޭފުޅުން އައްޔަނުކުރުމަށްޓަކައި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަރާތުން އެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
އެ ކޮމިޝަނުން ގެޒެޓުކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، ޖުމްލަ 10ރަށުގެ ކޯޓުތަކަށް މެޖިސްޓްރޭޓުން ބޭނުންވާއިރު، އޭގެ ތެރެއިން ބ. ގޮއިދޫ އަދި ކ. ހިންމަފުށީގެ ކޯޓަށް ހޯދުމަށް އިއުލާނުކޮށްފައި ވަނީ އިސް މެޖިސްޓްރޭޓުންނެވެ. އޭގެ އިތުރުން ދެން ހިމެނޭ ރަށްތަކަކީ:
- ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު
- އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
- ހިންނަވަރު މެޖިސްޓްރޭޓް ކޯޓު
- މާމިގިލީ މެޖިސްޓްރޭޓް ކޯޓު
- ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
- ގައްދޫ މެޖިސްޓްރޭޓް ކޯޓު
- ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު
- އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓު
މި މަޤާމަށް ހޮވޭ ބޭފުޅުންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު ޖުމްލަ 40,000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވާ 26،350 ރުފިޔާއާއި، ދިރިއުޅުމުގެ ޚަރަދުތައް ފޫބެއްދުމަށް ދެވޭ 12،000 ރުފިޔާގެ އެލަވަންސެއްގެ އިތުރުން ރިސްކް އެލަވަންސްގެ ގޮތުގައި ދޭ 1،650 ރުފިޔާއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އުސޫލުގެ މަތިން މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވަންސް ވެސް މެޖިސްޓްރޭޓުންނަށް ހަމަޖެހިގެންދާނެއެވެ.
މެޖިސްޓްރޭޓްކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އޮގަސްޓު މަހުގެ 12ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން، ޖޭއެސްސީގެ 'ފަހިރެސް' ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހަޅައިގެން އެޕްލިކޭޝަން ފުރިހަމަކުރަންވާނެއެވެ. މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ އިތުރު ޝަރުތުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު ޖޭއެސްސީގެ އިއުލާނުގައި ވަނީ ހިމަނާފައެވެ.
ހަމަ ދައުލަތުން މުސާރަދޭ މުވައްޒަފުންނެވެ. އެކަމަކު 40000ރ އެކަކަށްދޭއިރު އަނެކަކަށް ، 13000ރ 10000ރ އެވެ. އެއީ ސިވިލްސަރވިސްގައި 35 އަހަރު 40 އަހަރު ބުރަކޮށް ޚިދުތްކުރި މީހުންނަށެވެ. ފަންކަލެއް އޭސީއެއް ކޮމްޕިއުޓަރެއް އެނބުރޭ ގޮނޑިއެއް ނެތި އަތުން ކޮޕީލައްވައިގެން ހޫނުގާ އިނދެ ލިޔުނު މީހުންނެވެ. މި ގާޒީން ނަރުހުން ޕްރިންސިޕަލުން ހަމަ ހިތަށް އަރާއިރަށް ޢުމްރާދަތުރެއް، ޕިކުނިދަތުރެއް ރާއްޖެއިން ބޭރަށް ރިސޯޓަށް އަޅާލަންވީއެވެ. އެކަމަކު 35، 40 އަހަރު ސަރުކާރު ވަޒީފާ އަދާކުރާ އިދާއީ މުވައްޒަފަކު މުޅި އުމުރު ހޭދަކޮށްލާއިރުވެސް މިފަދަ ދަތުރަކަށް ލާރިކޮޅެއް ގިނަވާގޮތެއްނުވެއެވެ. ޕޭހާމަނައިޒް ކޮށް ހަމަކުރި ބޭކަލުންނަށް ނަޒަރު ހިންގެނީ ހަވާސާގެ އަރިމަތުން ލޮލުގެވެސް އެއްކަޅިންނެވެ.