ޚަބަރު ޓެކްނޮލޮޖީ

ކުރަމުންދިޔަ ދިގު އިންތިޒާރަށް ނިމުމެއް: ރީތި، ނަލަ އައިފޯން 12 ދައްކާލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެޕަލްގެ މޮޑެލްތަކަށް ލޯބި ކުރާ ފަރާތްތަކުން ކުރަމުން އައި ދިގު އިންތިޒާރު ނިމުމަކަށް އައިސްފިއެެވެ. އެ ފަރާތްތަކަށް މިއޮތީ އުފާވެރި ޚަބަރެކެވެ.

އެޕަލްއިން އައިފޯން 12 ތައާރަފް ކޮށްފިއެވެ.

އެޕަލްއިން ބުނާ ގޮތުގައި އަލަށް ތައާރަފް ކުރި އައިފޯން 12، ކުރީގެ އައިފޯން 11އާ އަޅާ ބަލާއިރު  11% ތުނިވާނެ ކަމަށާއި، 15% ކުޑަވާނެ ކަމަށާއި އަދި 16% ލުއިވާނެ އެވެ. އަދި ހަމަ އެހެންމެ އަލަށް ތައާރަފް މިކުރި އައިފޯން 12 ގައި 5ޖީ ބޭނުން ކުރެވޭނެއެވެ،

އައިފޯން 12 އަކީ ސްކްރީން ތަޅައިގެން ނުދާނެ ގޮތަށް އުފައްދާފައިވާ އެންމެ ވަރުގަދަ ސްމާޓް ފޯނަށް ވާނެ ކަމުގައިވެސް އެޕަލް އިން ބުނެއެވެ.  އަދި އައިފޯން 12 ވަޔަރލެސް ކޮށް ޗާޖު ވެސް ކޮށްލެވޭނެއެވެ. އައިފޯން 12ގެ ކެމެރާއަށް ބަލާލާއިރު 12 މެގަޕިކްސެޕްގެ އަލްޓްރާ ވައިޑް ލެންސެއް ހިމެނެއެވެ.

 

Ads by Allied Insurance