ލައިފްސްޓައިލް

މައިގްރެއިންގެ ސަބަބަކީ މިއީ ކަމުގައި ވެދާނެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މައިގްރެެއިންގެ އުނދަގުލާ ކުރިމަތިވެފައިވާ ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ ކިބައިން ވިޓަމިން މަދުވުމުގެ މައްސަލަ ފާހަގަވެފައިވާ ކަމަށާއި ބައެއް ވިޓަމިންތައް މަދުވުމަކީ މައިގްރެއިންގެ ރިހުމާ ކުރިމަތިވާ ސަބަބު ކަމަށް ވެދާނެ ކަމަށް ސައިންސްވެރިން އާ ދިރާސާއަކަށް ފަހު ބުނެފި އެވެ.

Ads by STELCO

"ވިޓަމިން މަދުވުމުގައި މައިގްރެއިންގެ ވޭނާ ކުރިމަތިލާން ޖެހޭ ސަބަބުކަން ކަށަވަރު ކުރުމަށް އަދި އިތުރު ޓެސްޓްތައް ހަދަންޖެހޭ،" ދިރާސާގައި އިސްކޮށް ހުންނެވި، ސިސިނާތީ ޗިލްރެންސް ހޮސްޕިޓަލް މެޑިކަލް ސެންޓަރުގެ ޑރ. ސޫޒަން ހެގްލާ ވިދާޅުވެފައި ވެއެވެ.

މި ދިރާސާކުރި ހޮސްޕިޓަލުން ވަނީ މައިގްރެއިން ހުންނަ ފުރާވަރުގެ ކުދިންނާއި ކުޑަކުދިންނާއި ޒުވާނުންގެ މައުލޫމާތު އެއްކޮށްފައެވެ. މި އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި މައިގްރެއިން ހުރި ވަރަށް ގިނަ ކުދިންނަކީ ހަށިގަނޑުގައި ވިޓަމިން ޑީ އާއި ރިބޮފްލަވިން އަދި ކޫއެންޒައިން 10 މަދު ކުދިންނެވެ. ކޫއެންޒައިން 10 އަކީ ސެލްތަކުގެ ހެދިބޮޑުވުމަށާއި މަރާމާތަށް ބޭނުންވާ ވިޓަމިނެއް ފާޑުގެ މާއްދާއެއް ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

ދިރާސާއިން ހާމަވި ގޮތުގައި ކޫއެންޒައިމް 10 މަދުވުމުގެ މައްސަލަ ފިރިހެންކުދިންނަށް ވުރެ އާންމީ އަންހެން ކުދިންގެ މެދުގައެވެ. އެމެރިކަން ހެޑޭކް ސޮސައިޓީގެ އަހަރީ ބައްދަލުވުމަށް ހުށަހެޅި މި ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ މައިގްރެއިންގެ އުނދަގޫ އާންމުކޮށް ދިމާވާ މީހުންނަށް ވިޓަމިން ދީގެން، މައިގްރެއިންގެ އުނދަގޫ ކުރިމަތިވާ އަވަސްމިން ދުރުކުރެވިދާނެތޯ ބެލިފައި ވަނީ މާ މަދު އަދަދެއްގެ ބަޔަކު ބޭނުން ކޮށްގެން ކަމަށާއި އެހެންވެ މިކަމުގައި އަދި ވަކި ގޮތަކަށް ބުނަން ނޭނގޭ ކަމަށެވެ.

މީގެ ކުރީގެ ބައެއް ދިރާސާތަކުގައި ވެސް ވަނީ ހަށިގަނޑަށް ބޭނުންވާ ވިޓަމިން ބޭނުން ކޮށްގެން މައިގްރެއިންއަށް ފަރުވާ ކުރެވިދާނެތޯ ބަލައިފައެވެ. ނަމަވެސް އެ ދިރާސާތަކުން ވެސް ވަކި ނަތީޖާއެއް ކަނޑައެޅޭ ވަރެއް ނުވިއެވެ. އެކި ފަހަރު ނަތީޖާ ދައްކާފައި ވަނީ އެކި ގޮތަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!