27th September 2026, Sunday

ޚަބަރު

ވިޔަފާރި ކުރިއަރުވައި އުމްރާނީ ތަރައްގީއާ ގުޅޭ ގޮތުން ރައީސް މުއިއްޒު އައިޓީއެފްސީގެ ސީއީއޯއާއެކު މަޝްވަރާކުރައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ވިޔަފާރިއާއި ކުރިއަރުވައި އުމްރާނީ ތަރައްގީއާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)، އިންޖިނިއަރ އަދީބް ޔޫސުފް އަލް-އާމާއާއެކު މަޝްވަރާކުރައްވައިފިއެވެ.

އެ ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ހަވީރު އައިޓީއެފްސީގެ ސީއީއޯ ރައީސް މުއިއްޒުގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންއެވެ.

އެގޮތުން އެ ބައްދަލުވުމުގައި އިގުތިސާދީ އެއްބާރުލުން އިތުރުކުރުމާއި، ވިޔަފާރި ކުރިއެރުވުމާއި، އުމްރާނީ ތަރައްޤީއާއި، އަދި ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުން ނިންމަވާލައްވަމުން ދެބޭފުޅުންވެސް ވަނީ، ރާއްޖެއާއި އައިޓީއެފްސީ އާ ދެމެދު އޮތް ޒަމާންވީ އަދި ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އައިޓީއެފްސީގެ ސީއީއޯ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުހިންމު އެއްބަސްވުމެއްގައި ރާއްޖެއާއެކު ސޮއިކުރަން ވެސް ވަނީ ހަމަޖެހިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!