Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސީލައިން 3 ދޯނީގައި ދަތުރުކުރި މީހުންގެ ޙާލު ރަނގަޅު: ފުލުހުން

ސީލައިން 3 ދޯނީގައި ދަތުރުކުރި މީހުންގެ ޙާލު ރަނގަޅު: ފުލުހުން

ސީލައިން 3 ދޯނީގައި ދަތުރުކުރި މީހުންގެ ޙާލު ރަނގަޅު ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ބ. އަތޮޅު ފުލުހުންގެ އެހީތެރިކަމާ އެކު އެ ދޯންޏާއި ދޯނީގައި ތިބި މީހުން ރައްކާތެރިކަމާ އެކު ބ. އޭދަފުއްޓަށް މިހާރު ވަނީ ގެންދެވިފައިވާ ކަމަށެވެ. އަދި ދޯނީގައި ތިބި 4 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

https://twitter.com/PoliceMv/status/2100120467457937687

Advertisement
Allied Insurance — Square (box)

މި ހާދިސާ ހިނގީ މާލެއިން ފުރައިގެން ރ. އަތޮޅުގެ ރިސޯޓަކަށް މުދާ ހިފައިގެން ދަތުރުކުރަމުންދިޔަ "ސީލައިން 3" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ލަކުޑިތަކެއް އައްސާފައިވާ ބެލްޓު ކަނޑައިގެން ގޮސް، ކާށިދޫ ކަނޑުގެ ސަރަހައްދަށް ބޯޓު އަރިއަޅާލައިގެންނެވެ. ބޯޓުގައި ބަރުކޮށްފައިހުރި ބައެއް މުދާތައް މިހާރު ވަނީ ކަނޑަށް އުކާލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ހަތަރު މީހުންނާ އެކު ދަތުރުކުރި މި ސަޕްލައި ދޯނީގައި ތިބީ ތިން ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ.

https://dhen.mv/330740

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް