ޑައިވިނަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ
ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއެއް މަރުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ ރިޕޯޓު މިއަދު ހެނދުނު 9:18އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
މަރުވެފައި ވަނީ ކަޒަކިސްތާނަށް ނިސްބަތްވާ 55އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.