މަސްތުވާތަކެތީގެ މައްސަލައެއްގައި ކައްދޫއިން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި ކައްދޫއިން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ކައްދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ނީ ހަޒާރުމާގެ / ލ. މާވަށް، އަބްދުﷲ ގާސިމް (31އ)އެވެ.
އެގޮތުން އެ އޮޕަރޭޝަންގައި ކައްދޫ އެއާޕޯޓު ތެރެއިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ 29.34ގުރާމުގެ ތަކެތި ފެނުނުކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި އެ މައްސަލައިގައި ގާސިމްގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.